ދިވެހިރާއްޖެ
ހޭލާ ހޭލައްވާ ކެމްޕޭންގެ ދަށުން ތައްޔާރުކުރާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭ ފްލޭޝްކާޑްތައް ޕްރިންޓްކުރުމާއި ބެހޭ
މި އޮތޯރިޓީން ހޭލާ ހޭލައްވާ ކެމްޕޭންގެ ދަށުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭ ފްލޭޝްކާޑްތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)450-CA/450/2021/8 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އޮތޯރިޓީގެ [email protected] އީމެއިލަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ވަގުތު |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
07 ސެޕްޓެންބަރު 2021 |
11:00 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މީޓިންގ ރޫމް (ހ. މައިޒާންދޮށުގެ، ސޯސަންމަގު، 03 ވަނަ ފަންގިފިލާ) |