ދިވެހިރާއްޖެ
މި އިދާރާގެ އިއުލާން ނަންބަރު (IUL)409/409/2021/33 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީވެ، އެ އިއުލާން ބާޠިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
މިރަށު ކުނިކޮށްޓާއި އިންވެގެން ދެކުނަށް އޮތް 10000 (ދިހަ) ހާސް އަކަފޫޓުގެ ބިން ހުއިފި ލަނޑާ ގަނެ ކައްކާ ހިއްކުމަށް ނުވަތަ އެކުއަކަލްޗަރގެ ވިޔަފާރިކުރުމުގެ ބޭނުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
މި ބިމަށް ކުރިމަތިލެވޭނީ ގއ.ނިލަންދޫ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ގއ.ނިލަންދޫ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ މައުލޫމާތު ޝީޓައި އެއްގޮތަށް 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ގެޒެޓް ކުރެވިފައިވާ އަންދާސީ ހިސާބް ފޯރމާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6820018 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.