މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދޭން ފަރާތެއް ހޯދުމަށް

'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)438-ENV/438/2021/192 (21 ޖުލައި 2021) އެކަށީގެންވާ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީވެ، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.environment.gov.mv  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު، ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 5 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ ގެ 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 5 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ ގެ 11:00 ގައި، މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ގެ 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Do not open before 05th September 2021  at 1100hrs – “Develop multimedia to facilitate the Ratification of the Minamata Convention on Mercury in Maldives - (IUL) 438-ENV/438/2021/230”

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ ޑިސްޕަރޝަން މޮޑެލް އެއް ތައްޔާރުކުރުމާއި ގުޅޭ

އިޢުލާނު ނަންބަރު:     

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.

26 އޮގަސްޓް 2021
ހޯދާ