ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ސުޕްރީމް ކޯޓުގެ ޢިމާރާތް 2 އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުގެ ނަންބަރު (IUL)197-A3/1/2021/35 (10 އޮގަސްޓު 2021) އިޢުލާނުގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދު 10.43 ގެ (ބ)ގެ (1) ވަނަ ނަންބަރުގައި ބަޔާންގޮށްފައިވާ މުއްދަތު ދެވިފައި ނުވާތީ އާއި މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހޭތީވެ، މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ސުޕްރީމް ކޯޓުގެ ޢިމާރާތް 2 އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 6 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ  ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://supremecourt.mv/storage/mv/media/iulaan/information-sheet-cleaning-service-326-08-21.pdf

 

އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 05 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

26 އޮގަސްޓް 2021
ހޯދާ