ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް

(IUL)421/421/2021/24ނަންބަރު:

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ފުރުޞަތު؛

 

ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ގދ.ވާދޫ ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢު އަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

 

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިއިޢުލާން އާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

 https://drive.google.com/drive/folders/1-D5gpE5hy2EQzJwILvIi7Juen20M3XP2?usp=sharing

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލް އިދާރާ

ގދ.ވާދޫ، ދިވެހިރާއްޖެ.

ގދ. ވާދޫ ކައުންސިލްގެ އައު އިމާރާތް އެޅުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)421/421/2021/24

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ގދ.ވާދޫ ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 12:00 އާއި ދެމެދު ގދ.ވާދޫ ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާ ފަރާތުގެ އީމެއިލް އެގޭގޮތަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 13:00 ގައި ގދ.ވާދޫ  ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 2021 ސެޕްޓެމްބަރ 09 އާއި ދެމެދު [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:00 ގައި ގދ.ވާދޫ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލް އިދާރާ

ގދ.ވާދޫ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1443 A 18

26 އޮގަސްޓް 2021

 

 

 

 

ޙަސަން ޢަބްދުﷲ

ކައުންސިލްގެ ރައީސް

26 އޮގަސްޓް 2021
ހޯދާ