ދިވެހިރާއްޖެ
"އާޚިރަތް ދުވަސް1 ކުޑަޤިޔާމަތް" ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތް ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުން
ޢަރަބި ބަހުން ލިޔެފައިވާ، ޑރ. ޢުމަރު އަޝްޤަރުގެ އިސްލާމިކް ރީޑް ބުކްސީރީޒްގެ ފޮތްބައިގެ ތެރެއިން (ކުޑަޤިޔާމަތް) ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތް ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު/ކޮން މަސައްކަތެއްކަން އެނގޭގޮތަށް
- ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދަކު ނަމަ ނަން، އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު)
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.