ދިވެހިރާއްޖެ
ނަމްބަރު:297/297/2021/58(IUL)
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކުރާ އިންޑޯ ޖިމް 10 ސެޕްޓެމްބަރ 2021 ން 9 ސެޕްޓެމްބަރ 2023 އަށް ހިންގަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް މިކަމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަދި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:
# |
މާރކްސްދެވޭ ކްރައިޓީރިއާ |
މާރކްސް |
1 |
އިންޑޯ ޖިމް ހިންގާނެގޮތުގެ ޕްލޭން: - ފީ ނަގާނަމަ ފީގެ ތަފްސީލް - ޚިދުމަތްދޭނެ ދުވަސްތަކާއި ވަގުތުތައް - ކަސްރަތު ސެޝަންތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެގޮތް |
50 |
2 |
މުވައްޒަފުންނާގުޅޭ އެންމެހައި ޕްލޭންތައް: - މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް - މުވައްޒަފުންނަށް ދެވޭނެ ތަމްރީން - މުވައްޒަފުންގެ އަސާސީ ޝަރުތުތައް |
15 |
3 |
ޚިދުމަތް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ޕްލޭން: - ޚިދުމަތްފެށޭނެ މުއްދަތު - ޚިދުމަތް ފުޅާކުރަން ހުށަހަޅާ ޕްލޭން - މަރާމާތުކުރުން |
20 |
4 |
ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރަށް ލިބޭނެ މަންފާ/ފައިދާ: - ކުއްޔެއް ހުށަހަޅާނަމަ ކުލި - އެހެނިހެން އިޖުތިމާާޢީ އެހީތެރިކަން |
15 |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
18 މުޙައްރަމް 1443
26 އޮގަސްޓް 2021