އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް އއ. ތޮއްޑޫގެ ލޭންޑްޔޫސްޕްލޭން އިސްލާޙުކޮށް އެކުލަވާލަދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑި ތަކުގައި 6660537 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތައް ބިޑް ހުށަހެށުމާއި، ބިޑްހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރު 13 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ.     

26 އޮގަސްޓް 2021
ހޯދާ