ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

                                                     ނަންބަރު: 391/391/2021/6(IUL)

 

އިޢުލާން

  ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނައި ދޭނެ ފަރާތެއް ހޯދުމަށް

      ސަރުކާރުގެ ޕީއެސްއައިޕީ ގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި މި ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނާ ދޭނެ ފަރާތެއް ހޯދުމަށް މައުލޫމާތު ސާފުކޮށް ބިޑް ހުށައެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

      ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުން ފެށިގެން 06 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ސެޕްޓެމްބަރު 2021 ވާ އާދިއްތަ ދުވަހު 11:00 ގައި މި އިދާރާގައެވެ.

      މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާނަމަ 06 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                17 މުޙައްރަމް 1443

25 އޮގަސްޓް 2021

 

                                                     މުހައްމަދު އަފުލަހް

                                                   ކައުންސިލްގެ ނައިބުރައީސް

25 އޮގަސްޓް 2021
ހޯދާ