ދިވެހިރާއްޖެ
އިޢުލާން ނަންބަރ:H/IUL/2021/104
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ކޮންސަލްޓެންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓްގެ އަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މަދުވެގެން މި ބާވަތުގެ 03 ކޮންސަލްޓެންސީ ހިދުމަތް ޔުޓިލިޓީ ކުންފުންޏަށް ދީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
|
ދުވަސް |
ވަގުތު |
|
ފައިސާ ބަލައިގަތުމަށް |
2021 އޮގަސްޓް 29 އިން 2021 ސެޕްޓެމްބަރ 12 |
09:00 އިން 15:00 އަށް |
|
ޑޮކިޔުމަންޓް ދޫކުރުމަށް |
2021 އޮގަސްޓް 29 އިން 2021 ސެޕްޓެމްބަރ 12 |
09:00 އިން 15:00 އަށް |
|
މަޢުލޫމާތު ދިނުން |
2021 ސެޕްޓެމްބަރ 13 (ހޯމަ) |
11:00 ގައި |
|
އަގު ހުށަހެޅުން |
2021 ސެޕްޓެމްބަރ 19 (އާދިއްތަ) |
11:00 ގައި |
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯސަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
|
# |
ތަފުސީލު |
ޖުމްލަ ޕޮއިންޓް |
ޕޮއިންޓް ދިނުމުގެ މިންގަނޑު |
||
|
50% |
75% |
100% |
|||
|
1 |
ޔުޓިލިޓީ ކުންފުންޏަކަށް ކޮންސަލްޓެންސީގެ ހިދުމަތް ދީފައިވާ ތަޖުރިބާހުރި ފަރާތަކަށްވުން އަދި ކޮށްފައިވާ މަސައްކަތުގެ އަގު 150,000.00 ޔޫ.އެސް ޑޮލަރަށް ވުރެ ދަށް ނުވުން |
10 ޕޮއިންޓް |
މިފަދަ 03 މަސައްކަތް ކޮށްފައިވާނަމަ |
މިފަދަ 04 މަސައްކަތް ކޮށްފައިވާނަމަ |
މިފަދަ 05 މަސައްކަތް ކޮށްފައިވާނަމަ |
|
2 |
ހިދުމަތްދޭ ފަރާތުގެ އޮފީހެއް ރާއްޖޭގައި ގާއިމްވެފައިހުރުން |
05 ޕޮއިންޓް |
|
|
|
|
3 |
އިން-ހައުސް ރިސްކް މެނޭޖްމަންޓް ޓޫލް ޑިވަލޮޕްކޮށް ރިސްކް މެނޭޖްމަންޓް ކޮންސަލްޓެންސީގެ ހިދުމަތް ދީފައިވުން |
10 ޕޮއިންޓް |
03 ކުންފުންޏަށް ވުރެ މަދުން ހިދުމަތް ދީފައިވާނަމަ |
03 ކުންފުންޏަކަށް ހިދުމަތް ދީފައިވާނަމަ |
05 ކުންފުންޏަކަށް ނުވަތަ އެއަށް ވުރެ ގިނަ ކުންފުންޏަށް ހިދުމަތް ދީފައިވާނަމަ |
|
4 |
ކޮންސަލްޓެންސީ ހިދުމަތް ދިނުމުގެ އަގު |
75 ޕޮއިންޓް |
|
|
|
|
ޖުމްލަ |
100 ޕޮއިންޓް |
||||
- ކޮންސަލްޓެންސީޙިދުމަތްދިނުމުގެ މުއްދަތު: 06 މަސް ދުވަސް
- މި މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ކުލައިންޓް ދީފައިވާ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު: H/IUL/2021/104
16 މުޙައްރަމް 1443
25 އޮގަސްޓް 2021
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338125 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
