ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

(IUL)146-A1/1/2021/26:ނަންބަރު

އިޢުލާން

މަޤާމު:

 ޑްރައިވަރ

ބޭނުންވާ އަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް 2

މަޤާމުގެ ރޭންކް:

 އެސް.އެސް. 2

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

 ފެމިލީކޯޓު

މަޤާމުގެ އަސާސީ މުސާރަ:

 3470.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ،

 - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ އަސާސީ ޝަރުތު:

 

 - މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

 ނޯޓް: މި މަޤާމަށް ބޭނުންވާ ލައިސަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ފުރޮޅުލީ އޮޓޯ އަދި މެނުއަލް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ބީ1 ކެޓެގަރީ) އެވެ.

 އެހެނިހެން ޝަރުތު:

 - ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން.

 - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 - ކައިވެނިތަކަށް ޙާޟިރުވާންޖެހޭ މުވައްޒަފުން ކައިވެނި ކުރަން ހަމަޖެހިފައިވާ ތަންތަނަށް، ހަމަޖެހިފައިވާ ގަޑިއަށް ގެންގޮސް ގެނެސްދިނުން.

 - މި ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ ދަތުރުތައް ކުރުން.

 - ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑީގައިވެސް ކޯޓުން ކުރަންޖެހޭ ދަތުރުތައް ކުރުން.

 - ކާރު ދޮވެ ސާފުކޮށް  ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސް ކުރުން.

 - ކާރަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުން.

 - ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި ކާރު ބޭއްވުމާއި، ކާރު ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.

 - ކާރު ދަތުރުތައް ކުރަން ހަމަޖެހިފައި ނެތް ވަގުތުތަކުގައި، ކޯޓުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

 - ލިބިފައިވާ ތަޢުލީމު – %25 (ފަންސަވީސް ޕަސެންޓް)

 - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - %20 (ވިހި ޕަސެންޓް)

 - ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަރވިއު) - %55 (ފަންސާސް ފަސް ޕަސެންޓް)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ގަޑި އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ .

 - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

 - ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާފައިވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ (ކެޓަގަރީ B1) ލައިސަންސްގެ ކޮޕީ.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

 - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

 02 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

 - ގިނަވަގުތު  މަސައްކަތުގައި ހޭދަކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

 -ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

 - A އަދި B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

 - މާލެ އަދި ހުޅުމާލެ މެޕާއި، މަގުތަކާއި، ސަރުކާރުގެ އިދާރާތައް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން.

 - ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.

އިތުރު މަޢުލޫމާތު:

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504

 - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ބާޠިލު ކުރެވޭނެއެވެ.

 ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

25 އޮގަސްޓް 2021
ހޯދާ