މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށީގެ އިޖްތިމާޢީ ސަރަހައްދުތައް 01 އަހަރު ދުވަހަށް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

     (IUL)337-C-AB/337/2021/47 ނަމްބަރ

 

 

އިޢުލާން

 ކ.މާފުށީގެ އިޖްތިމާޢީ ސަރަހައްދުތައް 01 އަހަރު ދުވަހަށް ކޮންޓްރެކްޓް އުސޫލުން  ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ކ.މާފުށީގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

16 މުޙައްރަމް 1443

24 އޮގަސްޓް 2021

24 އޮގަސްޓް 2021
ހޯދާ