އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދ. އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުން

                                                       ނަންބަރު:(IUL)203-AS/1/2021/16

އިޢުލާން

 

 މި އެޖެންސީގެ ގެ ފަރާތުން ކުރިޔަށްގެންދާ އިކޮލޮޖިކަލް ސާރވޭއެއްގެ މަސައްކަތްކުރުމަށް، ދ. އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  02 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އެޖެންސީއަށް (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، 3 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

                  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335953 ނަންބަރު ފޯނަށެވެ.

17 މުޙައްރަމް 1443

25 އޯގަސްޓް 2021

 

 

                       

 

 

 

 

މި އެޖެންސީގެ ނަންބަރު:(IUL)203-AS/1/2021/16 އިޢުލާނާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް

ދ. އަތޮޅު އިކޮލޮޖިކަލް ސަރވޭ - 15 ސެޕްޓެމްބަރު 2021 އިން 29 ސެޕްޓެމްބަރު 2021

ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީޚްތަކާއި އަދި ސައިޓްތައް

ތާރީޚް

ސައިޓް

ޖީ.ޕީ.އެސް ކޯރޑިނޭޓްސް

15-Sep-2021

Travel(Male to Dhaalu)

 

16-Sep-2021

Check Dive Site 1 (Dive)

2°57'36.04"N 72°56'39.15"E

16-Sep-2021

Faandhoo

2°57'47.31"N 72°56'48.64"E

17-Sep-2021

Fushi Kandu PA (Dive)

2°59'49.81"N 72°55'35.91"E

17-Sep-2021

Boarifinolhu

2°55'23.79"N 72°58'15.57"E

17-Sep-2021

Aarah

2°55'22.20"N 72°57'40.52"E

17-Sep-2021

Hudhufushi Finolhu

2°53'36.34"N 72°54'17.39"E

18-Sep-2021

Maavaru Falhu Kan (Dive)

2°58'33.74"N 72°52'14.37"E

19-Sep-2021

Kihafan Kanduolhi (Dive)

2°57'53.32"N

73° 1'8.78"E

19-Sep-2021

Kanneiy Faru Kan (Dive)

2°55'12.46"N

73° 1'40.50"E

19-Sep-2021

Kanneiy Faru

2°55'26.25"N

73° 1'38.87"E

20-Sep-2021

Bodu Thila (Dive)

2°40'50.23"N 72°54'55.20"E

20-Sep-2021

Minimasgali

2°45'0.06"N 72°53'15.69"E

21-Sep-2021

Vallalhohi

2°43'49.51"N 72°53'17.35"E

21-Sep-2021

Valla

2°42'15.17"N 72°52'58.59"E

22-Sep-2021

Issari

2°42'21.52"N 72°58'57.25"E

22-Sep-2021

Thilabolhufushi

2°45'17.59"N

73° 1'19.70"E

23-Sep-2021

Vaanee Kandu (Dive)

2°43'32.39"N

73° 0'30.37"E

23-Sep-2021

Pop Reef (Dive)

2°45'57.75"N 72°59'20.15"E

24-Sep-2021

Thinhuraa

2°46'1.37"N

73° 1'26.95"E

24-Sep-2021

Kiraidhoo

2°46'47.32"N

73° 1'30.29"E

25-Sep-2021

Fenmeeru Huraa

2°47'16.03"N

73° 1'32.86"E

26-Sep-2021

Dhebaidhoo

2°47'26.25"N

73° 1'32.58"E

27-Sep-2021

Ayyukaloahuraa

2°47'35.83"N

73° 1'31.85"E

27-Sep-2021

Bulhalafushi

2°48'23.76"N

73° 1'33.19"E

28-Sep-2021

Madivaru Kandu (Dive)

2°49'17.82"N

73° 1'44.54"E

29-Sep-2021

Travel(Dhaalu to Male)

 

 

އުޅަނދުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ހަމަވާންޖެހޭ ތަކެއްޗާއި އަދި އެހެނިހެން ކަންކަން

  1. 07 މީހުންނަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓްތައް އަދި ޑައިވް ފުޅިތަކަށް ވައިއެޅުމަށް ބޭނުންކުރެވޭ ކޮމްޕްރެސަރ ފޯރުކޮށްދިނުމާއި 08 ޑައިވް ސިލިންޑަރ ފޯރުކޮށްދިނުމާއި ޑައިވް ފުޅިތަކަށް ވައިއެޅުމުގެ ޚިދުމަތް ފޯރުކޮށްދިނުން (ޑައިވް ފުޅިތަކަށް ދުވާލަކު 3 ފަހަރު ވައިއެޅޭނެގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.)
  2. 08 މީހުންނަށް ރަށްތަކަށް ފޭބުމަށް އެކަށީގެންވާ ޑިންގީއެއް އޮތުން
  3. 07 ޑައިވަރުންނަށް ޑައިވް ސައިޓްއަށް ފޭބުމަށް ޑައިވް ދޯންޏެއް އޮތުން
  4. ސާރވޭ ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްތައް ބެހެއްޓުމަށާއި އަދި މަސައްކަތްކުރުމަށް އެކަށިގެންވާ ޖާގަ ހުރުން
  5. މަދުވެގެން 05 ކެބިން ހުރުމާއި އަދި ކޮންމެ ކެބިންއެއްގައި މަދުވެގެން 2 ބޭފުޅުންނަށް ނިދޭނެ އިންތިޒާމު ހުރުން
  6. ތިން އިރުގެ ޙަލާލު ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން
  7. މި ދަތުރަކީ ފީނައިގެންނާއި، ފަޅު ރަށްރަށުގެ މާހައުލުގައި އަވީގައި ގިނަ ވަގުތު އުޅެންޖެހޭ ފަދަ ސަރވޭ ދަތުރެއް ކަމުން، އެކަށީގެންވާ މިންވަރަށް ބޯފެން ލިބެން ހުރުން
  8. ސަލާމަތީ ގޮތުން އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންތައްތައް އުޅަނދުގައި ހުރުން

 

މި އިޢުލާނުގެ ދަށުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

މަސައްކަތުގެ އަގަށް

ތަޖުރިބާއަށް

90 ޕޮއިންޓް

10 ޕޮއިންޓް

 

މަސައްކަތުގެ އަގަށް 90 ޕޮއިންޓް

މަސައްކަތުގެ އަގަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ.

އަގު (ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި ފަރާތުގެ އަގު × 90)

 

ތަޖުރިބާއަށް 10 ޕޮއިންޓް

ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މަސައްކަތް ކޮށްފައިވާ ތަންތަނުން ދީފައިވާ ރަސްމީ ލިޔުންތަކަށް ބަލައިގެންނެވެ. އެގޮތުން އެލިޔުމަކީ މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް ވާންވާނެއެވެ. އަދި އެ ލިޔުމުގައި ކުރި މަސައްކަތާއި އަދި މަސައްކަތުގެ މުޅި ޖުމްލަ އަގު އެގެންއޮންނަން ވާނެއެވެ. އަދި އެފަދަ ލިޔުމެއް ވާންވާނީ މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ގުޅުންހުރި ލިޔުމަކަށެވެ. އަދި ގިނަވެގެން ބަލާނީ 10 ލިޔުމަށެވެ.

ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދޭނީ އަންނަނިވި ގޮތަށެވެ.

ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދަށް 10 (ދިހައެއް) ޕޮއިންޓް

( ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު / އެންމެ ގިނައިން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު × 10 )

 

 ނޯޓް: ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް ބެލޭނެއެވެ.)

 

މި އިޢުލާނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔުންތައް

 

#

ލިޔުން

01

އަންދާސީ ހިސާބު (ޚިދުމަތް ނުވަތަ ތަކެތީގެ އަގު، ޖީ.އެސް.ޓީ އަދި ޖުމްލަ އަގު އެނގެން އޮތުމާއިއެކު އަންދާސީ ހިސާބުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.)

02

ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީ / އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

03

ވިޔަފާރީގެ ޕްރޮފައިލް

04

ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކުރަންޖެހޭ ނަމަ)

05

ޓެކްސް ކްލިއަރެންސް ރިޕޯޓުގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) - ބީލަން ކާމިޔާބުވާ ފަރާތުން

 

  • ·         އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އެނގޭނޭ ގޮތަށެވެ.

 

 

25 އޮގަސްޓް 2021
ހޯދާ