މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއު އަށް ނެޝަނަލް ޓެކްނިކަލް ކޯޑިނޭޓަރެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރުމާއި ގުޅޭ

14 ޖުލައި 2021 ގެ އިއުލާނު ނަމްބަރު (IUL)438-HRU/438/2021/208 ބާތިލުކޮށް އަލުން އިއުލާނު ކުރުން

 

"އިންޓަގްރޭޓަޑް،ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއު އަށް ނެޝަނަލް ޓެކްނިކަލް ކޯޑިނޭޓަރެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް“ މަޝްރޫއު ހިންގުމަށްޓަކައި ނެޝަނަލް ޓެކްނިކަލް ކޯޑިނޭޓަރެއްގެ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 5 ސެޕްޓެންބަރ 2021 ގެ 1200 ގެ ކުރިން: ތަޢުލީމީ ފެންވަރުގެ ސެޓިފިކެޓް ކޮޕީ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރާއި، މަސައްކަތް ފުރިހަމަ ކުރިކަމުގެ ލިޔެކިޔުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 31 އޮގަސްޓު 2021 ގެ 12:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"އިންޓަގްރޭޓަޑް،ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"  މަޝްރޫއު އަށް ނެޝަނަލް ޓެކްނިކަލް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ.

 

ތާރީހު:25 އޮގަސްޓް 2021

25 އޮގަސްޓް 2021
ހޯދާ