ދިވެހިރާއްޖެ
މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 10 ސެޕްޓެމްބަރ 2021 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް 01 އަހަރާއި 04 މަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.
- 2 ކޮޓަރި (އެޓޭޗްޑް ފާހާނާ) އާއި، ސިޓިންގ ރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
- ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާހާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
- ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
- ސިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.
- ގޭގައިހުންނަންޖެހޭ ތަކެތީގެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓް ސްކޫލުން ލިބިލައްވާނެއެވެ.)
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގޯތިތެރެ ސާފުކޮށް ކުނިކަހާ އިންތިޒާމް ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް |
ސިޓީ ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް |
31 އޮގަސްޓް 2020 ވާ އަންގާރަ ދުވަސް ގަޑި 11:00 |
06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަސް ގަޑި 11:00 |
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6640574 އާއި ގުޅުއްވުން އެދެމެވެ.
16 މުޙައްރަމް 1443
24 އޮގަސްޓް 2021