ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
ލީގަލް އޮފިސަރ |
ރޭންކް: |
MS2/B |
ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ |
ސެކްޝަން/ޑިޕާޓްމަންޓް |
ޓޭބަލް އޮފީސް |
ބޭނުންވާ އަދަދު: |
1 |
ތަޢްލީމާއި ތަޖްރިބާ: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލާއި މައްސަލައާއި އެހެނިހެން ކަންކަމާގުޅޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން، އަދި މިނޫނަސް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ޙަވާލުކުރައްވާ ފަންނީ އަދި އިދާރީ މަސައްކަތްތައްކުރުން. |
އުޖޫރަ: |
- މަހަކު -/10,750 ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ފޯމް ފޮނުވަންވީ ތާރީޚް: 24 އޮގަސްޓް 2021 އިން 02 ސެޕްޓެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 02 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)