މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސިސްޓެންޓް

                                     ޕްރޮޖެކްޓް އެސިސްޓެންޓް

މިމިނިސްޓްރީގެ ނަންބަރު (IUL)22-E/22/2021/180 (14 ޖުލައި 2021) އިޢުލާނަށް ޝަރުތުހަމަވާ ފަރާތެއް ހޮވިފައިނުވާތީ، ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، ދެންނެވިފައިވާ މަޤާމަށް އަލުން އިޢުލާނުކުރަމެވެ.

 

                                       ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ހިންގާ ޓީމްގެ މެންބަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:  ޕްރޮޖެކްޓް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް) 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2021 ގެ މެންދުރު 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ: 

ޕްރޮޖެކްޓް ކޯޑިނޭޓަރ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީމެއިލް: [email protected] 

 

 

23 އޮގަސްޓް 2021
ހޯދާ