މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ނ. އަތޮޅު ހޮސްޕިޓަލު،ދ.އަތޮޅު ހޮސްޕިޓަލް،ފ.އަތޮޅު ހޮސްޕިޓަލް އަދި މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ފްރެޝްއެއަރ ސިސްޓަމް އަދި ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އެމެންޑްމަންޓް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ނ. އަތޮޅު ހޮސްޕިޓަލު،ދ.އަތޮޅު ހޮސްޕިޓަލް،ފ.އަތޮޅު ހޮސްޕިޓަލް އަދި މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ފްރެޝްއެއަރ ސިސްޓަމް އަދި ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL-23-AP-23-2021-161) (IUL-23-AP-23-2021-162) (IUL-23-AP-23-2021-164) (IUL-23-AP-23-2021-163)  ޢިއުލާނާއި ގުޅިގެން މައުލޫމާތު ޝީޓަށް ބަދަލު ގެނެވިފައިވާތީ ގެނެވުނު ބަދަލުތައް އެނގޭނެ އެމެންޑްމަންޓު މި ޢިއުލާނާއެކު ގެޒެޓު ކުރެވިފައިވާނެއެވެ.

ވީމާ، މިއިޢުލާން ތަކަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތަކުން އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 30 އޮގަސްޓް  2021 ވާ  ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބިޑް ޑޮކިއުމެންޓުގައި ބަޔާން ކޮށްފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި ކަމުގައި ވާންވާނެއެވެ.  ޓެކްނިކަލް ސްޕެސިފިކޭޝަނަށް ނުފެތޭ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބައިވެރި ނުކުރެވޭނެއެވެ. އަދި ބިލް އޮފް ކުއަންޓިޓީ އަށް ބަދަލު ގެނެވިފައިވާ ޕްރޮޖެކްޓަށް އަގު ހުށަހަޅުއްވަން ވަނީ މިއިއުލާނާ އެކުގައިމިވާ ބިލް އޮފް ކުއަންޓިޓީ އާއި އެއްގޮތަށެވެ.

                              14 މުޙައްރަމް   1443

23 އޮގަސްޓް 2021
ހޯދާ