ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް |
މަޤާމުގެ ނަންބަރު: |
J-341109 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ (ކޯޕަރޭޓް އެފެއަރޒް) |
މުސާރަ: |
7035 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން. - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. - ކައުންސިލްއަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީ، މެސެޖް، އީމެއިލް ތަކުގެ ޖަވާބު ތައްޔާރު ކުރުން - ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުން - އެޗް.އާރު އެންމެހާ މަސައްކަތްތައް ޕްލޭން ކުރުމާއި ތަންފީޒު ކުރުން. މިގޮތުން ރެކްރޫޓްމަންޓް މަސައްކަތްތަކާއި، މުވައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުމާއި، ފާރފޮމެންސް އެޕްރައިޒަލްގެ ކަންތައް ކުރުމާއި، މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާއި، ވިއުގަ ސިސްޓަމް އަދާ ހަމަކުރުމާއި، މުވައްޒަފުންގެ މުސާރައިގެ މަސައްކަތްތައް ކުރުމާއި، ޓްރެއިނިންގ، އަދި މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން - ކައުންސިލް އިދާރާގެ ހިއުމަން ރިސޯސް ޔުނިޓްގެ މަސައްކަތްތައް ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް އޮޑިޓް ކުރުމާއި އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން - ރަށަށް ޒިޔާރަތްކުރާ އެކި ވަފްދުތަކާ ޓީމްތަކަށް ބޭނުންވާ އިންތިޒާމްތަކާއި މެހެމާންދާރި އަދާކުރުމުގެ މަސައްކަތްތައް ކުރުން - ކައުންސިލް އިދާރާގެ މަސައްކަތްތަކަށްބަލާ އެތަންނަނުގައި ހުރި މަގާމުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް އިތުރުކުރަންޖެހޭ ނުވަތަ އުނިކުރަންޖެހޭ މަގާމުތައް ފާހަގަކޮށް ކޮންމެ އަހަރަކު އެބަދަލުގެނައުމުގެ މަސައްކަތްކުރުން. - ކައުންސިލް އިދާރާ އަދި އިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ ތަންތަނުގައިވާ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ފުރުޞަތުތައް ހޯދުމާއި ޕްރޮޕޯސަލް ތައްޔާރުކުރުން. - ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްކުރުމާއި މުއައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުން. - ކައުންސިލް އިދާރާ އަދި އިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ ތަންތަނުގައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން. - އޮފީހުގެ ހާޟިރީތައް ބެލެހެއްޓުމާއި އޮފީހުގެ މުވައްޒަފުންގެ އިތުރުގަޑި އަދި ބަންދުދުވަސްތަކުގެ ހާޟިރީ ޗެކުކޮށް، އަދި މުވައްޒަފުންގެ ޗުއްޓީއާބެހޭ ކަންތައްތައް ބެލެހެއްޓުން. - ކައުންސިލް އިދާރާއަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން އަދި އެހެނިހެން މުއައްޒަފުން ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް) އެކައުންޓިންގ އެޑްމިނިސްޓްރޭޝަން ބިޒްނަސް ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ކޮމާސް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ކޮމްޕިއުޓަރ ސައިންސް ކައުންސިލް އެޑްމިނިސްޓްރޭޝަން ޑިވެލޮޕްމަންޓް ސްޓަޑީޒް އިކޮނޮމިކްސް ފައިނޭންސް ގަވަރނަންސް ހިއުމަން ރިސޯސް ހިޔުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ޓެކްނޮލޮޖީ އިންޓަނޭޝަނަލް ރިލޭޝަންސް ލޯ ލޯކަލް ގަވަރނަންސް މެނޭޖްމަންޓް މާކެޓިންގ މާކެޓިންގ މެނޭޖްމަންޓް އޮފީސް އެޑްމިނިސްޓްރޭޝަން ޕޮލިސީ ސްޓަޑިޒް ޕޮލިޓިކަލް ސައިންސް ޕްރޮޖެކްޓު މެނޭޖުމަންޓު ޕަބްލިކް އެޑްމިނިސްޓްރޭޝަން ޕަބްލިކް މޭނޭޖްމަންޓް ޕަބްލިކް ޕޮލިސީ ޕަބްލިކް ރިލޭޝަންސް ޝަރީޢާ އެންޑް ލޯ ސޯޝަލް ސައިންސް އާބަން ސްޓަޑީޒް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓު |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (31 އޯގަސްޓް 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 01 ސެޕްޓެމްބަރ 2021 އާއި 01 އޮކްޓޯބަރ 2021 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
15 މުޙައްރަމް 1443
23 އޯގަސްޓް 2021