މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑު ވަށާފާރުތައް މަރާމާތުކޮށް، މިހާރު ލާފައިވާ ކުލަ ކަހާ ދެފަރާތުގައި ކުލަލުމަށް ބޭނުންވެއްޖެ

މިރަށު ފުޓްބޯޅަ ދަނޑުގެ ވަށާފާރުތައް މަރާމާތުކޮށް، މިހާރު ލާފައިވާ ކުލަ ކަހާ ދެފަރާތުގައި ކުލަލުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމުގެ ޙާއްސަ ސެޝަނެއް 2021 އޮގަސްޓް 25 ވާ ބުދަ ދުވަހުގެ 11:00ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ. އަދި 2021 އޮގަސްޓް 30ވާ ހޯމަ ދުވަހުގެ 11:00އަށް މިއިދާރާއަށް ޚާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

            14  މުޙައްރަމް  1443

            22  އޮގަސްޓް  2021

23 އޮގަސްޓް 2021
ހޯދާ