ދިވެހިރާއްޖެ
ނީލަން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2021/47:ނަންބަރު
އިޢުލާން
މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:
،އާއި ގުޅޭ (IUL)25-A4/25/2021/44:މިނިސްޓްރީގެ އިއުލާން ނަންބަރ
މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް 10 އޮގަސްޓް 2021 ގައި ކުރެވުނު އިއުލާނާގުޅިގެން، 21 އޮގަސްޓް 2021 ވީ ހޮނިހިރު ދުވަހު ނީލަން ކިޔުމަށްފަހު އެއްވެސް ފަރާތަކުން ގަނެފައި ނުވާތީ، މިތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން 04 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 11:00 ގައި މިމިނިސްޓްރީގެ ގޯތިތެރޭގައި (ބޮޑުތަކުރުފާނުމަގު، 6 ނަންބަރު ޖެޓީ ކުރިމަތި) އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 މުޙައްރަމް 1443
22 އޮގަސްޓް 2021