އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މ.އޯކިޑް ޕްލާޒާގައި ހުރި ކޮމިޝަނުގެ ގުދަނުގައާއި އަދި ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާގައި ހުރި ފައިލިންގ ރެކުތަކަކާއި ފައިލްތަކެއް ޔޫއެން ބިލްޑިންގ އަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

123-A/IUL/2021/66

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މ.އޯކިޑް ޕްލާޒާގައި ހުރި ކޮމިޝަނުގެ ގުދަނުގައާއި އަދި ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާގައި ހުރި ފައިލިންގ ރެކުތަކަކާއި ފައިލްތަކެއް ޔޫއެން ބިލްޑިންގ އަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މަޢުލޫމާތުޝީޓުގައި ގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮގަސްޓް 22 ވާ އާދިއްތަ ދުވަހުން ފެށިގެން 2021 އޮގަސްޓް 25 ވާ ބުދަ ގެ 13:00 ގެ ނިޔަލަށް  ކޮމިޝަނުގެ ރިސެޕްޝަނަށް ވަޑައިގެން ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި ބިޑާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ސައިޓް ވިޒިޓް އޮންނާނީ 25 އޮގަސްޓް 2021 ވާ ބުދަދުވަހުގެ 14:00 ގައި މ.އޯކިޑް ޕްލާޒާގެ 01 ވަނަ ފަންގިފިލާގައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

14 މުޙައްރަމް    1443

22 އޮގަސްޓް    2021

22 އޮގަސްޓް 2021
ހޯދާ