ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ މުއްދަތު އިތުރުކުރުން

 

އިޢުލާން

 

2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެއެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 އޮގަސްޓް 2021ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  mnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. ކޯސްތަކަށް އެޕްލައިކުރާއިރު ހުށަހަޅާ ފަތްފުއްތައް ހުންނަންވާނީ އެޓެސްޓުކުރެވިފައެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

22 އޮގަސްޓް 2021
ހޯދާ