ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް TENDER/HMH/2021/023 އިން ކުރެވުނު އިއުލާނުގެ ބައެއް އައިޓްމްތަކަށް ލިބިފައިވާ އަގުތައް މާކެޓް ރޭޓްތަކަށް ވުރެ ބޮޑު ވުމާއި ގުޅިގެން އެއިޓަމްތަކަށް އަލުން އިއުލާންކުރުމަށް ނިންމައި، އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
TENDER/HMH/2021/023R1
މިހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350113
އީ-މެއިލް: [email protected]
22 އޯގަސްޓް 2021