މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:D13C-A/2021/4

ތާރީޚް: 22 އޯގަސްޓް 2021

މަޤާމު

ކޯޓު އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 1116.25 (މުސާރައިގެ %25)

-          ސަރވިސް އެލަވަންސް: -/1500

-          ލިވިންގ އެލަވަންސް: -/2550

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ކޯޓަށް ހާޟިރު ކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  • ޝަރީއަތުގެ މަޖިލިސް ތައްޔާރުކޮށް ބެލެހެއްޓުމާއި ޝަރީޢަތުގެ މަޖިލީހުގައި ލިޔަންޖެހޭ އެންމެހާ ލިޔުންތައްލިޔެ ތައްޔާރުކުރުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

6-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

2021 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓު އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ: 10 ޕަސެންޓް
  • އިންޓަރވިއު: 50 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރު: 10 ޕަސެންޓް

ތަޢުލީމީ ދާއިރާ

އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

-          ޝަރީޢާ/ ޤާނޫން

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުންނާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން އަދި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  •  މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6560022 / 6560041
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

 

22 އޮގަސްޓް 2021
ހޯދާ