ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫއިން 4 ހުސް ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ ބަނދަރު ސަރަހައްދުގައި  ހުސްކޮށް އޮތް ތިރީގައިވާ 4 ހުސް ބިން 15 އަހަރު ދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

 

  1.    ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލު

 

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 4

1039.50

ވައިލެޓް 6

1072.50

ވައިލެޓް 5

1000.50

ވައިލެޓް 13

1992.38

 

 2.   ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 

(ހ)   މި ބިންތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ " ހއ ދިއްދޫ ބަނދަރުގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2021" އާ އެއްގޮތަށެވެ.

 (ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 2 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިންނެވެ.

(ނ)   ބީލަން ފޮތެއް ވިއްކާ އަގަކީ 25.00 (ފަންސަވީސް) ރުފިޔާއެވެ.

(ރ)  ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 7285567 ނަންބަރަށެވެ.

 (ބ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. މި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

 

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިންތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އެ ބިންތައް އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

19 އޮގަސްޓް 2021
ހޯދާ