މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ ކޮށިން ވިޔަފާރިބޭނުމަށް ބިން ކުއްޔަށް ދޫކުރުން

ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު

  1. މިކައުންސިލުގެ ބެލުމުގެދަށުގައިވާ ރަށްވެހިގެ ޢިމާރާތްހުރި ކޮށިން ވިޔަފާރީގެ ބޭނުންތަކަށް ބިންދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ދަޢުވަތު ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  2. ޕްރޮޕޯސަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ޕްރޮޕޯސަލްގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ޕްރޮޕޯސަލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2021 އޮގަސްޓް 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
  3. މިޕްރޮޕޮސަލްގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 05 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިއި މިއިދާރާގެ މީޓިންގ ރޫމްގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ ޕްރޮޕޯސަލެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 11:30 ގައެވެ.

19 އޮގަސްޓް 2021
ހޯދާ