ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރު އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
މާލެ، |
އިޢުލާނު ނަންބަރު: |
(IUL)120-D/ 2021/46 |
ދިވެހިރާއްޖެ. |
ޕްރޮޖެކްޓުގެ ނަންބަރު: |
120-D/LG /2021/NCS06 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކާރު އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ކާރާއި އަދި ޕިކަޕުގެ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޮގަސްޓް 19 ން 2021 އޮގަސްޓް 25 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމް" ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/jz2yZrSLKUJrsuwi6 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 3 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 11:00 ގައިމި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] mv މެއިލް މެދުވެރިކޮށް އަދި،
ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަން
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
ހ. އަޝްރަފީވިލާ، 2 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 4003956/4003999 އިން ލިބިވަޑައިގަންނަވާނެއެވެ.
11 މުޙައްރަމް 1443
19 އޮގަސްޓް 2021
19 އޮގަސްޓް 2021
ހޯދާ