ދިވެހިރާއްޖެ
ކައުންސިލްއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ސެކިއުޓީ 10 ސެޕްޓެމްބަރ 2021 ން ފެށިގެން މީލާދީ 03 އަހަރުދުވަހުގެ މުއްދަތަށް
ބަލަހައްޓައި ދޭނޭފަރާތެއް ހޯދަންބޭނުންވެއްޖެއެވެ . މި މަސައްކަތްކުރުމަށް ބިޑްހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު
( ޤާނޫނު ނަމްބަރ 18/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ
ކުރުމުގެ ޤާނުނު ( ޤާނޫނު ނަމްބަރ 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ . މި މަސައްކަތާއި
ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލްވުން 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 12:00 ގައި ބިލެތްފަހީ
ކައުންސިލްއިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ . އަދި މިކަމަށް އެދޭ ފަރާތްތަކުން ބިޑް ހުށަހަޅާނީ 29 އޯގަސްޓް 2021 ވާ
އާދިއްތަދުވަހުގެ 12:00އަށް ބިލެތްފަހީ ކައުންސިލްއިދާރާއަށެވެ . މި މަސައްކަތާއި ގުޅޭ އިތުރުމައުލޫމާތު ހޯދުމަށް މެއިލްކުރައްވާނީ
[email protected] އަށެވެ . ގުޅުއްވާނީ 6540047 ނަމްބަރ ފޯނަށެވެ . ބިޑްހުށަހެޅުއްވުމަށް ބަދަލްގައި އެހެންބޭފުޅަކު
ވަޑައިގަންނަވާނަމަ އެކަންއެގޭނެސިޓީ އަދި ބިޑްހުށަހަޅުއްވާފަރާތުގެ އައިޑީކާރޑް ގެންނަވަންވާނެއެވެ . އަދި ބިޑް
ހުށަހަޅުއްވަންވާނީ މި އިދާރާއިން ދޫކުރާ އެކަމަށް ޙާއްސަކުރެވިފައިވާ ފޯމުންނެވެ . އަދި ފުރިހަމަ ނުވާ އެޕްލިކޭޝަން
ބަލައިނުގަންނާނޭ ވާހަކަވެސް ދަންނަވަމެވެ .
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.