ދިވެހިރާއްޖެ
ނަންބަރު:(IUL)262/262/2021/43
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 60 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި 8 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި 8 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް، ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިގެންނެވެ.
ވީމާ، ތިރީގައި އެއްކަރުދާސްކުރެވިފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، މި 8 ހައުސިންގ ޔުނިޓް ގަތުމަށް އެދޭ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް[email protected] އަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ފުރުމުގައި ފޯމުގައިވާ ނުކުތާތަކަށް ސަމާލުކަންދިނުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ސާފުކޮށް ކިޔަން އިނގޭގޮތައް ފޯމް ފުރުމަށް ދަންނަވަމެވެ.
މި 8 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލެވިފައިވާ އިވޭލުއޭޝަން ކޮމިޓީ މެމްބަރުންގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ނަން |
ދާއިމީ އެޑްރެސް |
|
އަލްފާޟިލް އަބްދުއްރަޝީދު މުޙައްމަދު |
ސަންރައިޒް / ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ސުކޫލް (ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލް މުޙައްމަދު އާސިފް |
ރެޑްރޯސް / ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ސުކޫލް (ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލާ ޝަކީބާ މުޙައްމަދު |
ހުވަދުމާގެ/ ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު(ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލާ ޝަމްސުންނަހާރު ހާރޫން |
ހަވޭލީމަންޒިލް / ހދ.ނޮޅިވަރަންފަރު |
ޢާއްމު ފަރުދުންގެ ތެރެއިން (ނޮޅިވަރަންފަރު ރައްޔިތެއް) |
އަލްފާޟިލް އަޙްމަދު އިބްރާހީމް |
ޤާބިލް / ހދ.ނޮޅިވަރަންފަރު |
(އ.ކައުންސިލް އެގްޒެކެޓިވް) ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފު |
އަލްފާޟިލާ ނުހާ ޙަސަން ތައުފީޤް |
ދީނާރު / ހދ.ނޮޅިވަރަންފަރު |
(ސީނިއަރ ކައުންސިލް އޮފިސަރ) ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފު |
އަލްފާޟިލާ ޒަހީނާ އަބްދުﷲ |
އިރުމަތީގެ/ ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ކައުންސިލް މެމްބަރ |
އަލްފާޟިލް ޢަބްދުލްކަރީމް ޢަބްދުއްރަޙްމާން |
ދޭރިޔާ / ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް |
އަލްފާޟިލް އަބްދުﷲ ނަދީމް |
ނިޝާން/ ހދ.ނޮޅިވަރަންފަރު |
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް |
8 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާއި ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 22 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.