Secretariat of the Nolhivaranfaru Council, South Thiladhunmathi
Maldives
ހދ.ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭ

Cancelled on 19 August 2021 13:32


ަންބަރު:(IUL)262/262/2021/43

       

އިޢުލާން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 60 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި 8 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި 8 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް، ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިގެންނެވެ.

ވީމާ، ތިރީގައި އެއްކަރުދާސްކުރެވިފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، މި 8 ހައުސިންގ ޔުނިޓް ގަތުމަށް އެދޭ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް[email protected]  އަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ފުރުމުގައި ފޯމުގައިވާ ނުކުތާތަކަށް ސަމާލުކަންދިނުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ސާފުކޮށް ކިޔަން އިނގޭގޮތައް ފޯމް ފުރުމަށް ދަންނަވަމެވެ.

މި 8 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލެވިފައިވާ އިވޭލުއޭޝަން ކޮމިޓީ މެމްބަރުންގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ނަން

ދާއިމީ އެޑްރެސް

 

 އަލްފާޟިލް އަބްދުއްރަޝީދު މުޙައްމަދު

ސަންރައިޒް / ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ސުކޫލް (ދައުލަތުގެ އެކި މުވައްސަސާތަކުން)

 އަލްފާޟިލް މުޙައްމަދު އާސިފް

ރެޑްރޯސް / ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ސުކޫލް (ދައުލަތުގެ އެކި މުވައްސަސާތަކުން)

އަލްފާޟިލާ ޝަކީބާ މުޙައްމަދު

ހުވަދުމާގެ/ ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު(ދައުލަތުގެ އެކި މުވައްސަސާތަކުން)

އަލްފާޟިލާ ޝަމްސުންނަހާރު ހާރޫން

ހަވޭލީމަންޒިލް / ހދ.ނޮޅިވަރަންފަރު  

ޢާއްމު ފަރުދުންގެ ތެރެއިން (ނޮޅިވަރަންފަރު ރައްޔިތެއް)

އަލްފާޟިލް އަޙްމަދު އިބްރާހީމް     

ޤާބިލް / ހދ.ނޮޅިވަރަންފަރު  

(އ.ކައުންސިލް އެގްޒެކެޓިވް) ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފު

އަލްފާޟިލާ ނުހާ ޙަސަން ތައުފީޤް

ދީނާރު / ހދ.ނޮޅިވަރަންފަރު  

(ސީނިއަރ ކައުންސިލް އޮފިސަރ) ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފު

އަލްފާޟިލާ ޒަހީނާ އަބްދުﷲ

އިރުމަތީގެ/ ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ކައުންސިލް މެމްބަރ

އަލްފާޟިލް ޢަބްދުލްކަރީމް ޢަބްދުއްރަޙްމާން

ދޭރިޔާ / ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް

އަލްފާޟިލް އަބްދުﷲ ނަދީމް

ނިޝާން/ ހދ.ނޮޅިވަރަންފަރު  

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް

 

8 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާއި ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 22 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމުގައިވެސް ދަންނަވަމެވެ.

                             ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 August 2021
ހޯދާ