ދިވެހިރާއްޖެ
އިޢުލާން
2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންގ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވޭނެއެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓް 2021ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. ކޯސްތަކަށް އެޕްލައިކުރާއިރު ހުށަހަޅާ ފަތްފުއްތައް ހުންނަންވާނީ އެޓެސްޓުކުރެވިފައެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.