ދިވެހިރާއްޖެ
މި ސްކޫލްގެ އޮފީސް މަރާމާތުކުރަން ބޭނުންވެއްޖެ.
މިސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބޭނުންވެގެން ކުރި ނަންބަރ: GS157/2020/IUL12 (05 އޯގަސްޓް 2020) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޛިރުވެފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މި ސްކޫލްގެ އޮފީސް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ނިޔަލަށް ނަން ނޯޓްކޮށް، ފެންފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
1 މި ސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޯގަސްޓް 18 ން 2021 އޯގަސްޓް 22 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 11:00 އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޯގަސްޓް 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޯގަސްޓް 23 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޯގަސްޓް 25 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފެންފުށީ ސްކޫލް
އދ.ފެންފުށި
ފޯން:6680817/ އީ-މެއިލް: [email protected]