ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓިގެ ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓިގެ ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ތަޢާރަފް       

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ. މި އިދާރާއަކީ ހުރިހާ ފަރާތްތަކަށް ފަސޭހައިން އިނގޭނެ ތަނަކަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެހެންކަމުން، މިއޮތޯރިޓީއަށް، މި އިއުލާނުގައި ވާ ޓަރމްސް އޮފް ރިފަރަރެންސްގައިވާ ކަންތައްތައް ކުރުމުގެ ޤާބިލިއްޔަތު ހުރި ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް

މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv  ގެ ތިރީގައި ވާ ލިންކް އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

https://bit.ly/3m9ValF

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 އޮގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ 20:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 އޮގަސްޓް 28 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބިޑް ހުށަހެޅުން:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 29 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ.

ނޯޓު: 2021 އޮގަސްޓް 29 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:

Consultancy for the Development of Corporate Identity for the Utility Regulatory Authority

485/1/2021/6(IUL)

29th August 2021

Utility Regulatory Authority

Handhuvaree Hingun, Maafannu, Male’, 20392, Maldives

18 އޮގަސްޓް 2021
ހޯދާ