ދިވެހިރާއްޖެ
ނަމްބަރ:(IUL)324/324/2021/21
އިއުލާން
ޕިކަޕެއް ގަތުމާބެހޭ
މިއިދާރާއަށް 350 ކިލޯ ގެ ޕިކަޕެއް ގަތުމަށް އަންދާސީ ހިސާބު ހޯދަން ބޭނުންވެއެވެ.
ވީމާ، ޕިކަޕް ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 22 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6600058 ފޯނާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޯގަސްޓް 2021 ވާ އަދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްސްއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް އޮތް ފަރާތަކުންނެވެ. އަދި އަންދާސީ ހިސާބާއެކު ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެރަޖިސްޓަރީގެ ކޮޕީއާއި، ކުންފުނި ނުވަތަ ކޯޕަރޭޓިވް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.