ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ
މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު: (IUL)168-CA/1/2021/57 (23 ޖޫން2021) އިޢުލާނާއި (IUL)168-CA/1/2021/66 (2 އޯގަސްޓު 2021) އިޢުލާނާއި (IUL)168-CA/1/2021/67 (3 އޯގަސްޓު 2021) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނުކުރީމެވެ.
މި ނީލަމުގައި ބައިވެރިވެލެއްވުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 އޯގަސްޓު 25 (ބުދަަ) ވަނަ ދުވަހުގެ 14:00 އަށް ގ. ނިއުސްޓަރ / ކ. މާލެ، (ގްރައުންޑް ފްލޯ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003101 ފޯނަށް ގުޅުއްވުން އެދެމެވެ.
8 މުޙައްރަމް 1443
16 އޯގަސްޓު 2021