ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ އިންސިނެރޭޓަރ ހައުސް ހުރިތަނުގައި ވޭސްޓް މެނޭޖްމެންޓް ރޫމެއް ހެދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 16 އޯގަސްޓް 2021 ވާ ހޯމަ ދުވަހުން ފެށިގެން 25 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 އޯގަސްޓް 2021 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
08 މުޙައްރަމް 1443