ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރއިން ހޯދުމަށް

މިސަރވިސްގެ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައި ދެއްވާނެ ޕާރޓް ޓައިމް ލެކްޗަރަރއިން ހޯދުމަށް ބޭނުންވެއެވެ.

ކޯހުގެ ނަން : ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން

މުސާރަ: މި ކޯހުގައި ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/250ރ ގެ މަގުން ފައިސާ ދެވޭނެއެވެ.

ސުން ގަޑި: 2021 އޮގަސްޓް 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން  ފޯމް ހުށަހެޅުމަށް އެދި ދެންނެވީމެވެ.

*މި ކޯހުގައި ހިމެނޭ މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ތާރީޚްތަކާއި ގަޑިތަކުގެ ތަފްޞީލް މި އިޢުލާނަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު:

- ކޯސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައެވެ.

-  މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ހެނދުނު 08:00 އިން 16:00 އާއި ދެމެގު ވަގުތެއްގައި މި އިންސްޓިޓިއުޓްގެ ފޯން ނަންބަރ: 9800102 އަދި 9668749 އާއި ގުޅުއްވުން އެދެމެވެ.

-  މޮޑިއުލްތައް ކިޔަވައިދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ސީ. ވީ އާއި އެކު މި އިންސްޓިޓިއުޓްގެ އީ- މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

-  ސީ. ވީ ފޯރމެޓް އައިލްސް ގެ ވެބްސައިޓް isles.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

16 އޮގަސްޓް 2021
ހޯދާ