ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް މަރާމާތުކުރުން
މިއިދާރާގެ ޖަލްސާކުރާމާލަމް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: C/234/2021/16-ހ234(IUL) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 25 އޮގަސްޓް 2021 ވާ ބުދަދުވަހުގެ ނިޔަލަށްforms.adh.gov.mv ލިންކްއިން ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ޕްރީބިޑް މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ތާރީޚްތަކުގައިވާ ކަންކަމުގައި ބައިވެރިވެލެއްވުމަށް ދަންނަވަމެވެ. ޕްރީބިޑް ސެޝަން އާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ޕްރީބިޑް ސެޝަން: 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:30 ގައި
- އަންދާސީހިސާބު ހުށަހެޅުން: 01 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ ދުވަހުގެ 11:30 އަށް
- ބީލަންތައް ބަލައިގަތުމާއި ހުޅުވުން: 01 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ 11:30 ގައި
07 މުޙައްރަމް 1443
15 އޮގަސްޓް 2021
(ސޮއި)
ޢަލީ ނަޞީރު
އަތޮޅު ކައުންސިލްގެ ރައީސް