މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖީ.އެން.އެސް.އެސް ސާރވޭ ސެޓެއް ސަޕްލައިކުރާނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޖީއެންއެސްއެސް ސާރވޭ ސެޓެއް ސޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ބިޑް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިބިޑާއި ގުޅިގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ނޯންނާނެކަމުގައި ދަންނަވަމެވެ. މިޢިއުލާނާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6640183އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، 13:05ގައި ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ޖީ.އެން.އެސް.އެސް ސާރވޭ ސެޓެއް ސަޕްލައިކުރާނެ ފަރާތެއް ހޯދުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                                                                          

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2021
ހޯދާ