ދިވެހިރާއްޖެ
މި އިންސްޓިޓިއުޓުން ލިޔެ ތައްޔާރުކޮށްފައިވާ ކީ ސްޓޭޖް 2 (ގްރޭޑް 6،5،4) ގެ ދިވެހި މާއްދާގެ މުޤައްރަރުގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް މި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް2021އޮގަސްޓް 16 އިން ފެށިގެން 2021އޮގަސްޓް 23 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަންފޯމްގެލިންކް: https://forms.gle/vSLBJWD7dd14yDiQ8
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 16އިން ފެށިގެން 2021 އޮގަސްޓް23 ގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 31 ވަނަ ދުވަހު 11:30ގައި ސްޓާރކްލައުޑްސް ބިލްޑިންގ( މ. ޗަނބޭލީވިލާ) ފަސްވަނަ ފަންގިފިލާގައެވެ.
- ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
- ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
- މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
- ފޯން: 3023527 / 3023524
- އީ-މެއިލް:[email protected]
- އީ-މެއިލް:[email protected]
މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543 ނަމްބަރު ފޯނަށެވެ.