ދިވެހިރާއްޖެ
އިޢުލާން
އިސްދޫ ކަލައިދޫ ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މިސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް (ސެކަންޑް ޔުނީފޯމް) ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 2014/18 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ދަންނަވަމެވެ.
- ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިސްދޫ ކަލައިދޫ ސްކޫލު އޮފީހަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރުމަށް މެއިލް ކުރާނަމަ ކުރާނީ [email protected] އަށެވެ.
- މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އިސްދޫ ކަލައިދޫ ސްކޫލުގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 25 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި އިސްދޫ ކަލައިދޫ ސްކުލުގައެވެ.
ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތްތަކާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ކަލައިދޫ ސްކޫލް
ފޯން: 6800743
އީ-މެއިލް: [email protected]