މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ބިލެތްފަހީ ކައުންސިލް އިދާރާއަށް ޑްރައިވަރެއްހޯދުން

                       


 

މަޤާމު:

ޑްރައިވަރ  ( ވޭޖްއެމްޕޮއިމަންޓް  )

މަޤާމުގެ ނަންބަރު:

V-00004

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުސޫލް ( ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން މީލާދީ 1 އަހަރު )

މަޤާމުގެ ރޭންކު:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގުރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ.ބިލެތްފަހީ ކައުންސިލްގެ އިދާރާ / ށ.ބިލެތްފަހީ

މުސާރަ:

3000.00 ( ތިންހާސް ރުފިޔާ ) މަހަކު

ސަރވިސް އެލަވަންސް:

1500.00 ( އެއްހާސް ފަސްސަތޭކަ ރުފިޔާ )

އެހެނިހެން އެލަވަންސް:

ޚާޟިރީ އެލަވަންސް 47.61 ( ސާޅީސްހަތްރުފިޔާ ފަސްދޮޅަސް އެއްލާރި ) ސޮއިކުރާކޮންމެދުވަހަކަށް 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ރަސްމީ ދުވަސްތަކުގައި  ހެދުނު  08:00 ގެ  ކުރިން ކައުންސިލްގެ  އިދާރާއަށް  ޙާޟިރުވެ ހާޟިރީގައި ސޮއިކުރުން

2- ކައުންސިލުން އަންގަވާގޮތެއްގެމަތިން ، ދުއްވަންހަވާލުކުރެވޭ ވެހިކަލްގައި ދަތުރުތައްކުރުން.

3- އެވަގުތަކު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކޮށްނިމުމުން ވެހިކަލް ކައުންސިލުން ޤަބޫލުކުރާފެންވަރަށް ސާފްކުރުމާއި ، މަދުވެގެން މަހަކު 2 ފަހަރު ވެހިކަލަށްފެންޖަހާ ރީތިކޮށް ސާފްކޮށް ބެލެހެއްޓުން.

4- ވެހިކަލްގައި ދަތުރުކުރާމީހުންގެ ނުވަތަ އެހެންގޮތްގޮތުންވެސް މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން .

5- ވެހިކަލްގައިކުރެވޭ ދަތުރުތަކުގެ ރެކޯޑް ގަވާއިދުން ބެލެހެއްޓުން .

6- އެއްގަމު އުޅަންދު ދުއްވުމުގައި ސަމާލްކަންދޭންޖެހޭ އަދި ތަބާވާންޖެހޭ އެންމެހާ ޤަވާއިދުތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން .

7- ވެހިކަލްގައި ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމާއި ، ދަތުރުކުރާފަރާތަކާއި ރީތިބަހުން މުއާމަލާތްކުރުން .

8- ވެހިކަލްގައި ދިމާވާ ތަފާތު މައްސަލަތައް ދެނެގަނެ ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ރިޕޯރޓް ކުރުން.

9- ވެހިކަލްބޭނުންކުރުމުގައި ޤާނޫނާއި ޤަވާއިދާއި ހިލާފް އެއްވެސް އަމަލެއްނުކުރުން .

10- ވެހިކަލްގެ އަޑީތެޔޮ ބަދަލްކުރުމަށް އޮންނަމުއްދަތުގައި އަޑީތެޔޮ ބަދަލްކުރުމާއި ، ވެހިކަލް އަށް ޤަވާއިދުން ޑީސަލް އެޅުމަށް ސަމާލްކަންދިނުން ، އަދި ތެލުގެ ރެކޯރޑް ބެލެހެއްޓުން .

11- ޑްރައިވަރުގެ އިހުމާލުން ވެހިކަލްއަށް ވާ ގެއްލުންތަކަށް ޑްރައިވަރ ޒިންމާއުފުލުން . އަދި ގެއްލުމެއްލިބިއްޖެނަމަ ލަސްނުކުރައްވާ ކައުންސިލަށް އެކަންއެންގުން .

12- ކުނިއުކާލުމަށް ކުރެވޭ ދަތުރުތަކުގައި ގޮނޑުގައި މަސައްކަތްކުރާ މުވައްޒަފުންފަދައިން މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން .ެހޭސް މ

13- ވަކިމުނާސަބަތަކާއި ގުޅިގެން ކައުންސިލުންކުރުމަށް އަންގަވާ ދަތުރުތައް ދޭއިރުޝާދުތަކާއިއެއްގޮތަށް ކުރުން.

14- ކައުންސިލްގެ އިދާރާއިން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވުން

15- ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.

16- ލޮނުވެލި ފަދަ ޕިކަޕްގައި ދަބަރުޖެހުމަށް މަގުފަހިވާފަދަ ދަތުރެއްކޮށްފިނަމަ ދަތުރު ނިންމާ ވީހާއަވަހަކަށް ފެންޖަހާ ސާފްކުރުން .

17- ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ   އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

18 - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި      ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

19- ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަހައްދުތަކަށް ޤަވާއިދުން ކުނި ގެންދިއުމުގައި ޑްރައިވަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެމަސައްކަތް ފަސްނުޖެހި ކުރުން .

 

 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމަށްބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން

2- ގުރޭޑް 7 ނިންމާފައިވުމާއިއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ، 2 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާލިބިފައިވުން.

ނޯޓް: ގުރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ ސްކޫލުން ދޫކޮށްފައިވާ ލީވިންގ ސެޓްފިކެޓައް ރިއާޔަތްކޮށްގެންނެވެ . 2ވަނަ ސަރުތައްބިނާކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ .

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

މި މަޤާމަށް ޙާއްސަ ތައުލީމީ ރޮނގެއް ކަނޑައެޅިފައެއް ނުވެއެވެ .

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

މި މަޤާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ .

ގުޅޭވަޒީފާގެ ދާއިރާތައް : ޓްރާންސް ޕޮޓޭޝަން ސާރވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)http://www.csc.gov.mv/download/2486

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

1- ޝަރުތު 1 ގައި ހިމަނާފައިވާ ލިޔުންތައް ހުށަހަޅާފައިވާނަމަ އެފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ .

(އިދާރާއިން ބޭނުންނަމަ، ކްރައިޓީރިއާ ޓޭބަލް މިތަނުގައި ވަކިން ހިމެނިދާނެއެވެ. އަދި ކްރައިޓީރިއާގައި ހިމަނާފައިވާ ބައިތަކުގެ އިތުރުން އެހެން ބައެއް ހިމަނާނަމަ، އެކަން މި ބައިގައި ބަޔާންކުރަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހު ގެ 12:00 ގެ ކުރިން، ށ.ބިލެތްފަހީ ކައުންސިލްއިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ ، އޮފީހަށް އެޕްލިކޭޝަން ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،23 އޮގަސްޓް 2021 އާއި 30 އޮގަސްޓް 2021އާއި ދެމެދު، ށ.ބިލެތްފަހީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި/ގެޒެޓް/އަދި މިއިދާރާގެ ނޯޓިސްބޯރޑްގައ އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

 

 

15 އޮގަސްޓް 2021
ހޯދާ