ދިވެހިރާއްޖެ
1- ހޫނު މޫސުމުގައި ފާދިއްޕޮޅު އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2- މިބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުން އޮންނާނީ، 15 އޯގަސްޓް 2021 ން ފެށިގެން 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންލައިންކޮށެވެ. ރަޖިސްޓަރީވުމަށް https://forms.gle/vgiLCsQoq2kRjdAj6 ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމަށް ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
4- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ގޫގުލް މީޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
5- ބީލަންތައް ހުޅުވުން އޮންނާނީ 25 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން ނަންބަރ 6620116 / 6620102 އަދި އީމެއިލް [email protected] މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.