ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލް އިން 11 އޮގަސްޓް 2021 ގައި ކޮށްފައިވާ އިއުލާން (އިއުލާން ނަންބަރ GS76/IUL/2021/21 ) ބާތިލްކޮށް މިސްކޫލުންދީފައިވާ މިންތަކާއި އެއްގޮތަށް މިސްކޫލް ސްޓާފްރޫމްގައި 1 (އެކެއް) ފާހާނާ ހެދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބާރަށު ސްކޫލު އޮފީހަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500527 ނަންބަރު ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.