މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ކަނޑިތީމު ލޭންޑް ޔޫސް ޕްލޭން ރިވިޢުކުރުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން

ށ. ކަނޑިތީމު ލޭންޑް ޔޫސް ޕްލޭން ރިވިޢުކުރުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު

 

                  މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހާރު ތައްޔާރުކުރެވިފައިވާ ށ.ކަނޑިތީމު ލޭންޑްޔޫސް ޕްލޭން ރިވިއުކޮށްދިނުމުގެ މަސައްކަތްކުރުމަށް ސައުޤުވެރިވެލަށްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލާމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޯގަސްޓް 2021 ވާ ( އާދިއްތަ ) ދުވަހުގެ 13:00ން ފެށިގެން 22 އޯގަސްޓް 2021 ވާ ( އާދިއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދަރާށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މިއިދާރާގެ ކައުންޓަރުންނާއި، މެއިލްގެ ޒަރިއްޔާއިން ޓާމްސް އޮފް ރިފަރެންސް ދޫކުރެވެނޭއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.

ލިންކް:  https://forms.gle/L38o9ZWTQ5NkNKpU6

ބީލަން ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 31 އޯގަސްޓް 2021 ވާ ( އަންގާރަ) ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރިއްޔާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ބީލާމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 22 އޯގަސްޓް 2021 ވާ (އާދިއްތަ) ދުވަހުގެ  14:00 ކުރިން މިކައުންސިލްގެ  [email protected] އީމެއިލް އެޑްރެހަށެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ މި ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

07 މުޙައްރަމު 1443

15 އޯގަސްޓް 2021

15 އޮގަސްޓް 2021
ހޯދާ