ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
01- މިއަތޮޅުގެ ރަށްތަކަށް ހޫނުމޫސުުގައި ބޯފެނަށްޖެހޭ ރަށްތަކަށް ބޯފެން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
02- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އޯގަސްޓް 2021 ން 19 އޯގަސްޓް 2021 ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއިން ދޫކުރާ ރަޖިސްޓަރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއިބެހޭ މައުލޫމާތު ދެވޭނެއެވެ.
03- 2021 އޯގަސްޓް 26 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
04- މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.
07 މުޙައްރަމް 1443
15 އޯގަސްޓް 2021