އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް އިންސްޕެކްޓަރ (ފޭދޫ އަވަށު އޮފީސް)

މަޤާމް
މުނިސިޕަލް އިންސްޕެކްޓަރ
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަޤާމުގެ ގިންތި އާއި މުއްދަތު
ވަގުތީ (31 ޑިސެންބަރ 2021 ގެ ނިޔަލަށް)
މަޤާމުގެ ރޭންކް: 
ޖީ.އެސް 3
ވަޒީފާ އަދާކުރަންޖެހޭ ތަން:
ފޭދޫ އަވަށު އޮފީސް
މުސާރަ:
-/4465  ރުފިޔާ
ސަރވިސް އެލަވަންސް:
-/1500  ރުފިޔާ
އެހެނިހެން އެލަވަންސް:
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1.ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރެވޭތޯ ބެލުން.
2. ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރެވޭތޯ ބެލުން.
3. ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
4. އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
5. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
6. މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
7. މަގުމަތި ކުނިކެހުމާއިބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
8. އޮޑިހަރުގެއާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
9. ގޭގެއިން މަގު ހުރަހަށް ދަނޑި ، ދަގަނޑު،ހޮޅި ، ވާ، ޓީނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ޤަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
10.ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
11. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
12. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
13. އާންމު އުދަގުލާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
14. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމާއި ބެހޭ ޤަވާއިދު  ތަންފީޒުކުރޭތޯ ބެލުން.
15. ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާއި ފީނެގުމާއި ބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
16. ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
17. މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
18. އައްޑޫގައި އެއްގަމުގައި ދުއްވާއިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ އެއްޗެހި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި ، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާއި ބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
19. މަގުމަތި ކުނިކެހުމުގެ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
20. ގޯތި ގެދޮރު އިމާރަތްކުރުމާއި ބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
21. ގޭގެ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
22. އައްޑޫގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
23. އައްޑޫގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
24. އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
25. އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން ގަވާއިދު ތަކުގެ ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތައް މޮނިޓަރކޮށް ބެލުން.
މަޤާމުގެ ޝަރުތުތައް:
ލިޔަން ކިޔަންދަތުމާއި އެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ހުނަރު ހުރި (ލޯ އެންފޯސްމަންޓް/ ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް ފަދަ) ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދު މީހަކަށް ވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
 
 
 
 
  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5
  5. ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ސެޕްޓެންބަރު 01 އާއި 2020 ސެޕްޓެންބަރު 09 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018  ނަންބަރު ފޯނަށެވެ.
4 މުޙައްރަމް 1443
12 އޮގަސްޓް 2021
ހޯދާ