ދިވެހިރާއްޖެ
ކުރިޔަށް އޮތް ދެ އަހަރަށް ގދ. މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ނަންނޯޓުކުރެއްވުމަށް ރަސްމީ ގަޑީގައި 7983090 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް [email protected]މެއިލް ކުރެއްވުން އެދެމެވެ.
ތާރީޚް |
ގަޑި |
ތަފުޞީލް |
19 އޯގަސްޓް 2021 |
10:00 ގެ ކުރިން |
ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް) |
22 އޯގަސްޓް 2021 |
10:00 ގައި |
މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން |
31 އޯގަސްޓް 2021 |
10:00 ގައި |
ބިޑު ހުށެހެޅުން/ ބިޑު ހުޅުވުން |
މިހެންވެ މިކަން ޢާންމުކޮށް އަންގާޢިޢުލާން ކުރީމެވެ.