ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ހެލްތް އެސިސްޓެންޓެއް ހޯދުމަށް

އިޢުލާނު

ހެލްތް އެސިސްޓެންޓް

މި މަޤާމަށް ހެލްތް އެސިސްޓެންޓް ހޯދުމަށް 2 ފަހަރެއްގެ މަތީން ކުރެވުނު އިޢުލާނު ނަންބަރު: (GS213/IUL/2021/013 އަދި GS213/IUL/2021/016) އަށް މި މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތީ، ކުރިން ކުރެވުނު އިޢުލާންތައް ބާޠިލުކޮށް އަލުން މި ޢިއުލާން ކުރަމެވެ.

މަޤާމު:

 ހެލްތް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

 J-234078

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ދުވާފަރު ޕްރައިމަރީ ސްކޫލު / ރ. ދުވާފަރު

މުސާރަ:

 މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/2500ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/700ރުފިޔާ

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސްކޫލް ހެލްތް ޕޮލިސީއާއި، ހެލްތް ޕޮރޮމޯޓިންގ ސްކޫލް ޕޮލިސީ އަދި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތް ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒުކުރުން.

2. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑްތަކެއްގެ ހެލްތް ސްކްރީނިންގ ސްކޫލްގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް / ސިއްޙީ މަރުކަޒު) ގުޅިގެން ނިންމާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސެކްޝަނަށް ރިޕޯރޓް ފޮނުވުން.

3. ސްކޫލަކީ ހެލްތް ޕްރޮމޯރޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކުރުމާއި، ބަރާބަރު ސްކޫލް އިންޑިކޭޓްސްގައި ހިމެނޭބ"ހެލްތް އެންޑް ސޭފްޓީ ޑައިމެންޝަން" ގެ ބައިތައް ސްކޫލްގައި ފުރިހަމަކުރުމަށް ސެކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުން.

4. ސްކޫލްގެ ސްކޫލް ހެލްތް އަހަރީ ޕްލޭން ސްކޫލްގެ ވެރިން އަދި މުވައްޒަފުންނާ މަޝްވަރާކޮށްގެން އެކުލަވާލައި، އަހަރީ ޕްލޭން ސްކޫލްގެ މުވައްޒަފުންނާ، ބެލެނިވެރިންނަށް ހިއްސާކޮށް އަހަރީ ޕްލޭންގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 15 ދުވަހުގެ ތެރޭގައި އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަން (އެސްކިޑް)އަށް ފޮނުވުން.

5. ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓް / ވެއިޓް) ބެލެހެއްޓުމާއި، ދަރިވަރުންނަށްދޭ ފަނީބޭސް / ވިޓަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯރޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.

6. ސްކޫލްގެ ފަސްޓް އެއިޑް އިކުއިޕްމެންޓްސް އިންވެންޓްރީ އަދި ހެލްތް ރޫމުގެ އިންވެންޓްރީ ތައްޔާރުކޮށް ބެލެހެއްޓޫމާއި، ހެލްތް ރޫމުން ދޭ ޚިދުމަތްތައް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުމާއި، ސްކޫލްގައި ތަޢުލީމު ޙާޞިލުކުރަމުންދާ "ވަލްނަރަބަލް"ދަރިވަރުންގެ ޞިއްޙީ ޙާލަތު ވަޒަންކޮށް އެފަދަ ދަރިވަރުންނަށް ކްލާސް ޓީޗަރާއި ސްކޫލްގެ ވެރިންނާއި ގުޅިގެން އެހީތެރިވެދީ، އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

7. ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.

8. ސްކޫލްގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްހީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ފަރުވާ (ފަރަތަމަ އެހީ)ދިނުމާއި، މިކަމާ ގުޅޭ އެންމެހައި ކަންތައްތަކުގެ ރިޕޯޓާއި ރިކޯޑް ބެލެހެއްޓުން.

9. ސްކޫލްގެ ޓީޗަރުންނާއި ސްކޫލް މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑް ޓްރޭނިންގ ދެވޭނެ އިންތިޒާމު ސްކޫލްގެ ވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ހަމަޖެއްސުމާއި، ސްކޫލްގައި މަދިރި ފަނި އާލާވާނެ ތަންތަން ހުރިތޯ ބަލައި ޗެކްކުރުމާއި، ރަށުގައު ރޯގާ ބަލިމަޑުކަމެއް ފެތުރޭނަމަ އެކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ކުރެވިދާނެކަން ބަލައި ސްކޫލްގެ ވެރިންނާއި ގުޅިގެން ފިޔަވަޅުއެޅުން.

މަޤާމުގެ ޝަރުޠުތައް:

- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ:

ހެލްތު ސާވިސަސް

ތަޢުލީމީ ރޮގުތައް:

-          ކޮމިއުނިޓީ ހެލްތު

-          ނާސިންގ

-          ޕްރައިމަރީ ހެލްތުކެއަރ

-          ޕަބްލިކް ހެލްތު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 18 ވާ ބުދަ 14:00 ގެ ކުރިން، ދުވާފަރު ޕްރައިމަރީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ،

އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،2021 އޮގަސްޓް 19 އާއި 2021 އޮގަސްޓް 24 އާ ދެމެދު، ދުވާފަރު ޕްރައިމަރީ ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7847282 އަށެވެ.

އީ-މެއިލްކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 

 

 

                            4 މުޙައްރަމް 1443

                           12 އޮގަސްޓް 2021

12 އޮގަސްޓް 2021
ހޯދާ